ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުކަމަށް ފާސްކުރައްވައިފި

_CHR4422މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު  (ޤާނޫނު ނަންބަރު 2013/12) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނާ ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރަކީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކަމަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. އަދި ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 29 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިނަންފުޅަކީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވައި ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ތާއީދުކުރެއްވި ނަންފުޅުވެ.

23 ޖުލައި 2014