ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފެނަކާ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރއާ ބައްދަލުކުރައްވައިފި

_CHR8747މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި، އައްޑޫ ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާތީ، އެކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން، މަޢުލޫމާތު ސާފުކުރެއްވުމަށް ފެނަކާ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލްއާ ބައްދަލުކުރައްވައިފިއެވެ.

މިމައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ސޮއިކުރައްވާ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވަޑައިގެންނެވިއެވެ.

23 ޖުލައި 2014