މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވަވައިފި

_CHR5859މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން  އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިޤަރާރަކީ “ފަލަސްތީނުގެ މުސްލިމު އަޙުންނާއި އުޚުތުންނަކީ އަޅުގަނޑުމެން ފަދަ މުސްލިމުންކަމަށްވީ ހިނދު، ފަލަސްތީނުގެ އެ އަޚުންނާއި އުޚުތުންނަށް ރަހުމްކުޑަ ލާއިންސާނީ އަނިޔާ ކުރަމުންދާ ދިޔުމާއި، ކުށެއްނެތް ކުޑަކުދީންނާއި އަންހެނުންނާއި ޢާންމުންނަށް އެއްވެސް އިންސާނިއްޔަތު ކަމެއްނެތި އަނިޔާކޮށް އެމީހުން މަރަމުންދާ ދިއުމާ ދެކޮޅަށް ދިވެހިރާއްޖެއިން ޢަމަލުކުރަންވާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް ހުށަހަޅާ” ޤަރާރެކެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީހު މުޙައްމަދު އެވެ.

24 ރަމަޟާން 1435

22 ޖުލައި 2014