އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ.މާވަށް މާޒީ އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވައިފި

_CHR5642މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު ލ.މާވަށް މާޒީ އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަށް ރުހުން ދެއްވައިފިއެވެ.

މި ނަންފުޅަށް ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 60 މެންބަރުންނެވެ. ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 19 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދައިރާގެ މެންބަރު ޢަލީ ސަލީމެވެ.

21 ޖުލައި 2014