މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުކަމަށް ހ.ސަނޯރާމާ އަލްފާޟިލާ އާއިޝަތު ޒާހިރާ އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވައިފި

_CHR0661މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުކަމަށް ހ.ސަނޯރާމާ އަލްފާޟިލާ އާއިޝަތު ޒާހިރާއައްޔަނުކުރެއްވުމަށް ރުހުން ދެއްވައިފިއެވެ.

އެކަމަނާއަށް ރުހުން ދެއްވަން ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާޤުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުކަމަށް ޢައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދައިރާގެ މެންބަރު ޢަލީ ސަލީމެވެ.

21 ޖުލައި 2014