ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް އަލްއުސްތާޛް މުހުތާޒް މުހުސިންއަށް މަޖިލީހުން ރުހުން ދެއްވައިފި

_CHR0688ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގއ.މާމެންދޫ ރަތްމަސް އަލްއުސްތާޛް މުހުތާޒް މުހުސިން އަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ރުހުން ދެއްވައިފިއެވެ.

ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 62 މެންބަރުންނެވެ. ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވާއިރު 12 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މި ނަމަށް ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ފާސްކުރެއްވުމާގުޅިގެން އިތުރު ނަންފުޅަކަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އެވެ.

21 ޖުލައި 2014