ސާކް ޤައުމުތަކުގެ އަންހެން ޕާލިމަންޓަރީ މެންބަރުންގެ ބައްދަލުވުމުގައި މަޖިލީހުގެ މެންބަރެއް ބައިވެރިވަޑައިގަންނަވައިފި

asam މި ޖުލައި މަހުގެ 15 ން 17 ށް، ނޭޕާލްގެ ކަތުމަންޑޫގައި “އަންހެނުން ސިޔާސީ މަޝްރަހުގައި ބައިވެރިވުމާ އަދި އިސްނެގުން” ގެ މައުޟޫގެ ދަށުން ބޭއްވޭ  ސާކް ޤައުމުތަކެގެ އަންހެން ޕާލިމަންޓަރީ މެންބަރުންގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ބައިވެރިވަޑައިގަންނަވައިފިއެވެ.

މި މަސައްކަތުބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ، ޤާނޫނުހަދާ މަޖިލިސްތަކުގައާއި އަންހެނުންގެ ސިޔާސީ މަޝްރަހުގައި ބައިވެރިވުމާ އިސްނެގުން ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލިހުގެ އަންހެން މެންބަރުންގެ ދައުރާއި ބެހޭގޮތުންނެވެ.

16 ޖުލައި 2014