ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައަކީ ސާބިތުނުވާ މައްސަލައެއްކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އެ މައްސަލަ ނިންމި ނިންމުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދުގެ މައްޗަށް ހުށަހެޅިފައިވާ، ސުލޫކީ މައްސަލައަކީ ސާބިތުނުވާ މައްސަލައެއްކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން އެ މައްސަލަ ނިންމި ނިންމުމަކީ ޖުޑީޝަރީއާމެދު އިތުބާރު އެއްކޮށް ނެތިކޮށްލިކަމެއް ކަމަށް ވިދާޅުވެ، އެކަން ހިނގައިދިޔަގޮތާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން އިއްވަވައިފިއެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

18 ރަމަޟާން 1435

16 ޖުލައި 2014