ފިންލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR1954ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، ފިންލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ރައުލީ ސުއިކަނެން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް މަސީޙް ދެއްކެވި ވާހަކައިގައި، ރާއްޖެއާއި ފިންލެންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ފިންލެންޑްގެ ސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ސުއިކަނެންގެ ވާހަކައިގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި މެދު ހިޔާލުބަދަލުކުރެއްވިއެވެ.އަދި ދެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ފިންލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހޮނޮރަރީ ކައުންސެލް އަބްދުﷲ ސައީދު ބައިވެރިވަޑައިގެންނެވިއެވެ.

8 ޖުލައި 2014