ސުލޫކު ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ސުލޫކު ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ހިންގާ ގަވާއިދު އިޞްލާހު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން ކޮމިޓީން ނިންމެވީ 17 ވަނަ މަޖިލީހުގައި ސުލޫކު ކޮމިޓީން ބޭނުން ކުރެއްވި ގަވާއިދަށް އެއްވެސް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 14 ދުވަހުގެ ތެރޭގައި އިސްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތު މެންބަރުންނަށް ދެއްވުމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު، ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

8 ޖުލައި 2014