ޢާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

_CHR0958މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢާންމު ފާރާތްތަކުން ހުށަހަޅުއްވާފައިވާ ސިޓީތައް ފޮނުވާނެ މަޖިލީހުގެ ކޮމިޓީތައް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

މިގޮތުން، ޢާންމު ފަރާތްތަކުން ފޮނުއްވާފައިވާ 2 ސިޓީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙަންމަދު ފަލާޙް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

08 ޖުލައި 2014