ނިޒާމް ގެއްލުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލައްވައިފި

_CHR0688ނިޒާމް ގެއްލުމުގެ ސަބަބުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި މެދުކަނޑާލައްވައިފިއެވެ.

ޖަލްސާ މެދުކަނޑާލެއްވިއިރު ކުރިއަށް ގެންދެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބް އަބްދުލްޣަފޫރުއާ ސުވާލުކުރެއްވުމުގެ ބައެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގެ ރިޔާޞަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

11 ރަމަޟާން 1435

08 ޖުލައި 2014