ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން މުސާރަ ކަނޑައެޅުމުގެ ޤާނޫނު އުވާލުމުގެ ބިލު ހުށަހަޅުއްވާފައިވާ ގޮތަށް ކޮމިޓީން ފާސްކުރައްވައިފި

_CHR0409މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 90/7) އުވާލުމުގެ ބިލު، ސަރުކާރުގެ ފަރާތުން ދާންދޫދާއިރާގެ މެންބަރު އަޙްމަދު އައްސަދު ހުށަހަޅުއްވާފައިވާ ގޮތަށްް ކޮމިޓީގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވުމަށް ކޮމިޓީން ހުށަހަޅުއްވާފައިވަނީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އަދި ތާއީދު ކުރައްވާފައިވަނީ ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިންމަނިކު ދޮންމަނިކު އެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްގެ އިތުރުން މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިންމަނިކު ދޮންމަނިކު، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، މަޑުއްވެރި ދާއިރާގެ މެންބަރު މުޙަންމަދު އަމީތު އަޙްމަދުމަނިކު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަޑައިގެންނެވިއެވެ.

10 ރަމަޟާން 1435

07 ޖުލައި 2014