ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢައްސަދު ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 90/7) އުވާލުމުގެ ބިލު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ބަލައިގެންފިއެވެ.
މިބިލު ފާސްކުރައްވާފައިވަނީ 65 މެންބަރުންގެ އިއްތިފާޤުންނެވެ.
މިބިލު ދިރާސާކުރެއްވުމަށް ފޮނުވިފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 9 ޖޫން 2014 ގައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. މިއަދު ކުރިއަށް ގެންދެވުނު އިބްތިދާއީ ބަހުސްގެ މަރުހަލާގައި ޖުމްލަ 7 މެންބަރުން މިބިލަށް ބަހުސް ކުރައްވާފައިވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާޞަތު ބަލަހައްޓަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އާއި ނާއިބު ރައީސް މޫސާ މަނިކެވެ.
04 ރަމަޟާން 1435
02 ޖުލައި 2014