ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެ ކޮމިޓީތަކުގައި ތަމްސީލުކުރާނެގޮތް ހަމަޖެއްސެވިގޮތުގެ ރިޕޯޓް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވުމާގުޅިގެން ކޮމިޓީތަކަށް މެންބަރުން ކަނޑައަޅުއްވައި ލިސްޓު އިއުލާންކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރައްވައިފި

_CHR8849 ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެ ކޮމިޓީތަކުގައި ތަމްސީލުކުރާނެގޮތް ހަމަޖެއްސެވިގޮތުގެ ރިޕޯޓް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވުމާގުޅިގެން ކޮމިޓީތަކަށް މެންބަރުން ކަނޑައަޅުއްވައި ލިސްޓު އިއުލާންކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ)ގެ ދަށުން މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރެއްވުމަށް ނިންމަވައިފިއެވެ.

ޖަލްސާގެ ވަގުތު އިތުރުކުރެއްވުމަށް ފާސްކުރެއްވީ 60 މެންބަރުންގެ އިއްތިފާޤުންނެވެ. 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އަދި ޕާޓީތަކުން އެމަސައްކަތް ކުރިއަށް ގެންދެވުމަށް ވަގުތު ދެއްވުމުގެ ގޮތުން ޖަލްސާ ވަނީ މެދު ކަނޑާލައްވާފައެވެ.

02 ރަމަޟާން 1435

30 ޖޫން 2014