ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެ ކޮމިޓީތަކުގައި ތަމްސީލުކުރާނެގޮތް ހަމަޖެއްސެވިގޮތުގެ ރިޕޯޓް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެ ކޮމިޓީތަކުގައި ތަމްސީލުކުރާނެގޮތް ހަމަޖެއްސެވިގޮތުގެ ރިޕޯޓް ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ރިޕޯޓް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށްވަނީ ވޯޓްދެއްވީ 49 މެންބަރުންނެވެ.  ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވާއިރު 7 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 6 މެންބަރުން މިރިޕޯޓަށް ބަހުސްކުރައްވާފައިވެއެވެ. ރިޕޯޓް ހުށަހަޅުއްވާދެއްވީ ކޮމިޓީގެ މުޤައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

މިރިޕޯޓް މެންބަރުންނަށް ފޮނުއްވާފައިވަނީ 26 ޖޫން 2014 ގައެވެ.

02 ރަމަޟާން 1435

30 ޖޫން 2014