ޞިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

ސަރުކާރު ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ޞިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީއާ ކުރައްވާ ސުވާލުގެ އައިޓަމް ކުރިއަށް ގެންދަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެނދުނުގެ ދަންފަޅީގެ ރިޔާށަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު އެވެ.

 

02 ރަމަޟާން 1435

30 ޖޫން 2014