ޖަމާލުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

_CHR6541ޖަމާލުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާބެހޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. މިޒިޔާރަތަކީ، މަޖިލީހުގެ އިދާރާގެ ފަރާތުން ރައްޔިތުން މަޖިލީހާމެދު ޢާންމު ރައްޔިތުންނާއި، ޒުވާން ޖީލްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕާލިމެންޓްރީ އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. ދެދުވަހުގެ މައްޗަށް 4 ގްރޫޕަކަށް ބަހާލައިގެން ޖަމާލުއްދީން ސްކޫލްގެ 262 ދަރިވަރަކު މަޖިލީސްކުރާގެއަށް ޒިޔާރަތްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ އެޑިޔުކޭޝަންޓީމްއާ މަޖިލީހުގެ ލީގަލްގެ ބޭފުޅުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ކުރާމަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތު، އަދި ރައްޔިތުންނާއި މަޖިލީހާއި ހުރި ގުޅުމުގެ މައްޗަށް މިޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. އަދި މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިސުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެން، މަޖިލިސްކުރާ މާލަން ބައްލަވާލެއްވިއެވެ.

19 ޖޫން 2014