ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް މިއަދުގެ ޖަލްސާ މެދުކަނޑާލައްވައިފި

_CHR5826

 

 

 

 

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާ މެދުކަނޑާލައްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރިޔާޞަތުން މިގޮތަށް ނިންމެވީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނިޒާމް ގެއްލުވާލެއްވުމާ ގުޅިގެންނެވެ.