ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއްދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 77/6) އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި މިއަދު އިއްވަވައިފިއެވެ.
މި ބިލު ހުށަހަޅުވައިދެއްވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް އެވެ.