ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތަށް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރ (8/2010 އަށް އިސްލާޙުގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހަޅުއްވާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރ (8/2010 އަށް އިސްލާޙުގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މި ބިލުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނާއި ކުދިންނަށް ރާއްޖޭން ބޭރުން ފަރުވާ ހޯދައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެފަދަ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް