ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޙާއްސަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/90) އުވާލުމުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު އަޙްމަދު އައްސަދު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/90) އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ވަނަ ޖަލްސާގައި އިއްވަވައިފިއެވެ.

މި ބިލު ސަރުކާރުން ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 7/90 އަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމާބެހޭ ޤާނޫނެއް ކަމުގައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްގައިވާތީ އާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަކީ މިހާރު އޮންނަ މަޖިލީހެއް ކަމުގައިނުވާތީ، މި ޤާނޫނަކީ މިހާރު ޢަމަލުކުރުން މުހިންމު ޤާނޫނެއް ކަމަށް ނުފެންނާތީއެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް