ސިއްޙީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ސިއްޙީ  ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުން ބަޔާންކޮށް ބިލްގައިވަނީ ބަލި މީހުންނަށް ސިއްޙީ ފަރުވާ ދިނުމުގައި އުފުލަންޖެހޭ ޒިންމާ އެކަށައަޅައި، އެޒިންމާ އުފުލުމުގައި ބަލި މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ އުސޫލުތައް ބަޔާންކޮށް، އެކަންކަމުގައި އަމަލުކޮށް އުޅޭ ބައިނަލްއަޤްވާމީ ހަމަތައް ރާއްޖެއަށް ތަޢާރަފްކުރުން ކަމުގައި ވެއެވެ.

9 ޖޫން 2014

ބިލް ޑައުންލޯޑް ކުރެއްވުމަށް