18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާ އަދި މައިނޯރިޓީ ލީޑަރު އިޢުލާން ކުރައްވައިފި

h

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަން ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަލްފާޞިލް އަޙްމަދު ނިހާން ޙުސައިން މަނިކު އަދި މައިނޯރިޓީ ލީޑަރަކީ ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޞިލް އިބްރާޙިމް މުޙަންމަދު ސޯލިޙު ކަމަށް ރިޔާސަތުން އިޢުލާން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، މަޖިލީހުގައި ހިމެނޭ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތަކުގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ. މައިނޯރިޓީ ލީޑަރަކީ، މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި، ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ ފަރާތުން ހުންނަ އެންމެ އިސް މެންބަރެވެ.

9 ޖޫން 2014