ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެބްބެސަޑަރ މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR4548

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް، ޗައިނާގެ އެމްބެސަޑަރ  ވަންގް ފުކަންގް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް މަސީޙް ދެއްކެވި ވާހަކައިގައި، ރާއްޖެއާއި ޗައިނާ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ޗައިނާއިން ރާއްޖެއަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

ޗައިނާގެ އެމްބެސަޑަރ-ޑެސިގްނޭޓްގެ ވާހަކަފުޅުގައި، މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ހޮވިވަޑައިގަތުމުން މަސީޙްއަށް ތަހުނިޔާ ދަންނަވާ، ޗައިނާއިން ރާއްޖޭގައި ކުރަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

5 ޖޫން 2014