ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދަށް ހަމަލާދީފައިވާތީ، އެފިނޑި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދަށް ހަމަލާދީފައިވާތީ، އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން  ކުށްވެރިކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އެކި ސިފަސިފައިގާ ލިބެމުންދާ ދުއްތުރާތަކާއި އަނިޔާތަކަކީ އަބަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުށްވެރިކުރައްވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރުވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދަށް ހަމަލާދީފައިވަނީ، 29 މެއި 2014 ވީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 03:30 ހާއިރު އެވެ.

2 ޖޫން 2014