ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެއެވެ. މިޖަލްސާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ ހުވައި ކުރެއްވީ 28 މެއި 2014 ވީ ބުދަ ދުވަހުއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށޭނީ ހެނދުނު 09:00 ގައެވެ. މިޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ގަވައިދު އެކުލަވާލުމާބެހޭ އައިޓަމް އަދި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާބެހޭ އައިޓަމްއެއް ހިމެނެއެވެ.

03 ޝަޢުބާން 1435

1 ޖޫން 2014