ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ފާސްކުރައްވައިފި

_CHR5699 ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، ޢާންމު ކޮމިޓީން ނިންމެވި ރިޕޯޓަށް މަޖިލީހުން ގެންނެވި 4 އިޞްލާޙާއިއެކު ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވެފައިވަނީ 48 މެންބަރުންގެ ޢިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި، މިބިލުގެ ކޮމިޓީ މަރުޙަލާގައި 5 އިޞްލާޙެއް ހުށަހެޅި، މިއިޞްލާޙުތަކަށް ވަކިވަކިން ވޯޓަށް އައްސަވައި 4 އިޞްލާހެއް ފާސްކުރައްވާފައިވެއެވެ. މިއިޞްލާޙް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޢާންމު ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނެވުނު މިއިޞްލާޙަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުމުގެ ކަންތައްތައް ގެންދަވާނެ ގޮތަށް ގެނެވުނު އިޞްލާޙުތަކެކެވެ.

27 އޭޕްރީލް 2014