އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ރާޅާހާ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލުގެ ނަންފުޅު ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވަފައިފި

_CHR5440 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ރާޅާހާ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާތީ އެ ނަންފުޅު ދިރާސާކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތުށް ވޯޓަށް އެއްސެވުމުން 45 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ.

އެންނަފުޅު ދިރާސާކުރައްވައި، ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.