އިތުރަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ ”ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު” އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

_CHR5976 އިތުރަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވާ ”ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު” އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ. މިބިލު ފާސްކުރައްވާފައިވަނީ 47 މެންބަރުންގެ ޢިއްތިފާޤުންނެވެ. އަދި ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް އެއް މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިބިލަކީ ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤުކުރެއްވުމަށް ރައީސުކްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން 26 ޖޫން 2012 އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުނު ބިލެކެވެ. އަދި، މިބިލު އިތުރަށް ދިރާސާކުރެއްވުމަށް، 26 މާޗް 2013 ގައި އަނބުރާ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

 މިބިލުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާފައިނީ ކޮމިޓީގެ ނައިބު މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އެވެ.