ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެ ބިލު ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފ

_CHR5512 ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 78 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެ ބިލު ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިބިލު ފާސްކުރެއްވުމަށް ފެންކަމަށް 44 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ނުފެންނަކަކަމަށް 2 މެންބަރުން ވޯޓުދެއްވާފައިފައިވެއެވެ. އަދި ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް 2 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

މިބިލު ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.