ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވެއިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ.ކްރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ކޮމިޓީއަށް ފޮނުއްވައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވެއިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ.ކްރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގައި އިޢުލާންކުރައްވައި، އެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މިނަންފުޅު ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.

މިއަދުގެ ޖަލްސާގެ ރިޔާޞަތު ބަލަހައްޓަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

27 އޭޕްރީލް 2014