ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ޒަފްނާ އަލްފާޟިލާ ޒާހިޔާ ޒަރީރުގެ ނަންފުޅަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ޒަފްނާ އަލްފާޟިލާ ޒާހިޔާ ޒަރީރުގެ ނަންފުޅަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ރުހުން ދެއްވައިފިއެވެ.

މިނަންފުޅަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ 49 މެންބަރުންގެ އިއްތިފާޤުންނެވެ.

މިނަންފުޅު ދިރާސާކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީންނެވެ.

14 އޭޕްރީލް 2014