ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ހުށަހަޅުއްވާފައިވާ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާހެއްނުވި

ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، ހ.މީނާޒް އަލްއުސްތާޛް މައުމޫން ޙަމީދުގެ ނަންފުޅު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ނިންމަވައިފިއެވެ.

ޤާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ބަޔާންކުރައްވާފައިވާއިރު، މިނަންފުޅު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 36 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުންނެވެ.

14 އޭޕްރީލް 2014