މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމަށް ޢައްޔަންކުރެއްވުމަށް މއ.ރޮޒޭރިއަމް ޑޮކްޓަރ އަޒީމާ އާދަމް އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، މއ.ރޮޒޭރިއަމް ޑޮކްޓަރ އަޒީމާ އާދަމްގެ އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.

މއ.ރޮޒޭރިއަމް ޑޮކްޓަރ އަޒީމާ އާދަމްގެ ނަންފުޅު ފާސްކުރައްވާފައިވަނީ 52 މެންބަރުންގެ އިއްތިފާޤުންނެވެ.

މިނަންފުޅު ދިރާސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީންނެވެ.

14 އޭޕްރީލް 2014