ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ގެ ފުރަތަމަ ކިޔުން އިއްވަވައިފި

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު ހުށަހަޅުއްވާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/8) އަށް އިޞްލާޙު ގެނައުމުގެ ބިލު ގެ ފުރަތަމަ ކިޔުން މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވަވައިފިއެވެ.

މި ބިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެ މީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް، މީލާދީ ކޮންމެ މަހަކު 5،000 (ފަސްހާސް) ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދޭންޖެހޭގޮތަށް ހުށަހަޅުއްވާފައިވާ އިޞްލާހެކެވެ.

14 އޭޕްރީލް 2014