ވޯލްޑް އޯޑިޒަމް އެވެއަނަސް ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތް މިރޭ ނޫކުލައިން ދިއްލުމަށް ވަނީ ހަމަޖެހިފައި

_CHR2664

ވޯލްޑް އޯޑިޒަމް އެވެއަނަސް ދުވަސް ފާހަގަކުރުމުގެ ގޮތުން 2013 އެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުގެ އިމާރާތް މިރޭ ނޫކުލައިން ދިއްލުމަށް ވަނީ ހަމަޖެހިފައެވެ.

އދ ގެ ޖެނެރަލް އެސެމްބްލީން ކޮންމެ އަހަރެއްގެ 2 އޭޕްރީލް ގައި އޯޓިޒަމް ދުވަސް ފާހަގަކުރެއެވެ. މި ދުވަސް ފާހަގަކުރަނީ، ދުނިޔޭގައި ނަފްސާނީގޮތުން ލިބޭ މިއުނިކަން ތަހައްމަލުކުރާ ކުދިންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މިކުދިންނަށާއި މީހުން އަދި އާއިލާތަކަށް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މުހިއްމުކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

_CHR2743

2 އޭޕްރީލް 2014