މަޖިލީހުން ފާސްކުރައްވައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަޞްދީޤުކުރެއްވުމަށް ފޮނުވުނު ޖިންސީ ކުށުގެ ބިލާމެދު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެބިލު ދިރާސާކުރެއްވުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުއްވައިފި

މަޖިލީހުން ފާސްކުރައްވައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަޞްދީޤުކުރެއްވުމަށް ފޮނުވުނު ޖިންސީ ކުށުގެ ބިލާމެދު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެބިލު ދިރާސާކުރެއްވުމަށް އިޖްތިމާއީ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފޮނުއްވައިފިއެވެ.

މި ބިލު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 45 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 އޭޕްރީލް 2014 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖީލީހުގެ ގޭގައެވެ.

31 މާރިޗު 2014