ބްރިޓިޝް ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރ ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ބްރިޓިޝް ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރ މރ.މާކް ގުޑިންގ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝާހިދުއާއި މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ބޭއްވުނު މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންްގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާގޮތާ ބެހޭގޮތުން ޑެޕިއުޓީ ހައި ކޮމިޝަނަރއަށް މަޢުލޫމާތުއެރުވިއެވެ. އަދި މީގެ އިތުރުން އިންތިޤާލީ މަރުހަލާ ނިމެންވާއިރަށް މަޖިލީހުން ނިންމަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މަޖިލީހުގެ ރައީސް މަޢުލޫމާތު އެރުއްވިއެވެ. މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކާއި ބިލުތައް ފާސްކުރުމުގެ މަރުހަލާ ކުރިއަށްގެންދެވޭގޮތުގެ މަޢުލޫމާތުވެސް ޑެޕިއުޓީ ހައި ކޮމިޝަނަރ މރ.މާކް ގުޑިންގއަށް މަޖިލީހުގެ ރައީސް ޙިއްސާ ކުރެއްވިއެވެ.