އެކުވެރި އަރަބި އިމާރަތްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މަޖިލިސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR7577 އެކުވެރި އަރަބި އިމާރަތްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ޢަބްދުލްޙަމީދު އޭ. ކޭ އަލް މުއްލާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު މަޖިލިސްކުރާގޭގައި ބޭއްވުނު މިޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލަށް އައްޔަންކުރެވުނު ސަފީރަށް މަރްޙަބާ ވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ. އަދި، ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރަތާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް، ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.