ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި ނިމެންދެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައްވައިފި

ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާ އިން މަޖިލީހުގެ ރައީސަށް ލިބިދީފައިވާ ވިރާސީ ބާރުތަކުގެ ދަށުން މަޖިލީހުގެ ޕާޓީތަކުގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ، އިންތިޚާބު ބާއްވައި ނިމެންދެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުވެސް ބެލެހެއްޓެވި މަޖިލީހުގެ ރައީސް މިކަން އިޢުލާން ކުރެއްވުމަށްފަހު ޖަލްސާ ނިންމަވާލެއްވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަ ތާރީޚެއް ފަހުން އިޢުލާންކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.

11 ޖުމާދަލްއޫލާ 1435

12 މާރިޗު 2014