އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީސް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

_CHR5589

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އެމެރިކާ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރ މައިކަލް އާވިން ބައިވެރިވަޑައިގެންނެވިއެވެ.