ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ވަންގް ފުކާންގާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ބައްދަލުކުރައްވައިފި

_CHR3776 ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ވަންގް ފުކާންގާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ބޭއްވުނު މި ބައްދަލުވުކުރެއްވުމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ޗައިނާއަކީ، އެކިގޮތްގޮތުން ދިވެހިރާއްޖެއަށް ވަރަށްގިނަ އެހީތެރިކަން ފޯރު ކޮށްދޭ ޤައުމެއް ކަމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަޝްވަރާކުރެވުނެވެ.

އަދި، މީގެއިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިއަދު ވަނީ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމްއާވެސް ވަކިން ބައްދަލުކުރައްވާފައެވެ.

12 ފެބްރުއަރީ 2014