ފ. ބިލެތްދޫގެ ރައްޔިތުން ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ އާ ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ޕެޓިޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި “ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު” ގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި، ފ. ބިލެތްދޫ ރައްޔިތުން ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރ އާއި ބައްދަލުކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ޙަމްޒާއާއި މި ޕެޓިޝަން ހުށަހަޅުއްވާފައިވާ ބިލެތްދޫ ރައްޔިތުންގެ ތެރެއިން 2 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް ހުށަހަޅުއްވާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފްއެވެ.

10 ފެބްރުއަރީ 2014