ސީ.އެސް.ޕީ.އޯ.ސީ ގެ 22 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ނިއުޒީލަންޑްގެ ވެލިންގްޓަންގައި ފެށިގެން ކުރިއަށްދާ ކޮންފެރެންސް އޮފް ސްޕީކަރސް އެންޑް ޕްރިސައިޑިންގް އޮފިސަރސް އޮފް ދި ކޮމަންވެލްތް (ސީ.އެސް.ޕީ.އޯ.ސީ) ގެ 22 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ބައިވެރިވެވަޑައިގެންފިއެވެ.

 މިމަހުގެ 22 ން 24 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި އާންމުންނާއި ޤާނޫނު ހަދާ މަޖިލީހާއި ދެމެދު އޮންނަ ފަރަޤު ކުޑަކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާއި އެއް ހަމައަކަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ކުރިއެރުން ބައްޓަން ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް ކުރުމާއި، އެކަންކަމާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ކަމަށް ވަނީ އަލިއަޅުވާލާފައެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަޙްމަދު މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.