އިންޓަރނޭޝަނަލް ފެޑެރޭޝަން ފޯރ އިލެކްޓޯރަލް ފައުންޑޭޝަންގެ ފަރާތުން، މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR1137 އިންޓަރނޭޝަނަލް ފެޑެރޭޝަން ފޯރ އިލެކްޓޯރަލް ފައުންޑޭޝަން (އައި.އެފް.އީ.އެފް)ގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު މަޖިލިސްކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އައި.އެފް.އީ.އެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޖުލިއަން ޑެނޮކްސް އާއި ޑޭން މަލިނޯވިޝްއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭގޮތުންނާއި އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.