އ.ދގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_CHR0724 އ.ދގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޑޭވިޑް މެކްލެކްލަން-ކާރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހުު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އ.ދގެ ފަރާތުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުންނާއި އަދި މަޖިލީހުގެ މަސައްކަތްތަކާގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.