ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖޯން ޕޯލް މޮންޗާއޫ އާ ރައްޔިތުންގެ މަޖިލީސް ރައީސް މިއަދު ބައްދަލުކުރައްވައިފި

ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖާން ޕޯލް މޮންޗާއޫ އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު މެންދުރު 12:40 ގައި ބޭއްވެވި މި ބައްދަލުވުކުރެއްވުމުގައި ފްރާންސްއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި އޮނަރަރީ ކޮންސުލް އޮފް ފްރާންސް އިން މޯލްޑިވްސް، އަލްފާޟިލް އިސްމާއިލް ވާފިރުވެސް ބައިވެރިވެވަޑައިގަތެވެ.