ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުން އޮންނާނީ އަންނަ ހޯމަ ދުވަހު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުން އޮންނާނީ 30 ޑިސެމްބަރު 2013 ވާ ހޯމަ ދުވަހުއެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުންދިނުން ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް ބަޔާންކޮށް ލިޔެފައިވާ ކޮމިޓީގެ ރިޕޯޓަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގަންވާނީ، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށްފަހު، ސާފު 3 ދުވަހުގެ މުއްދަތު ދިނުމަށްފަހުގައެވެ.

27 ޑިސެމްބަރު 2013