2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް މެންބަރުން ބަހުސްކުރައްވައި، ބަހުސްގެ މަރުހަލާ ނިންމަވާލައްވައިފި

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް މެންބަރުން ބަހުސްކުރައްވައި، ބަހުސްގެ މަރުހަލާ މިއަދު ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ޖުމްލަ 48 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް 35 އިޞްލާހެއް ހުށަހެޅި ތާޢީދު ލިބިފައިވެއެވެ. މި އިޞްލާހުތަކަށާއި ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ 29 ޑިސެމްބަރު ވާ އާދީއްތަ ދުވަހު މެންދުރު 01:30 ގައެވެ.

މިއަދުގެ ޖަލްސާގައި 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރެއްވި ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް ޖުމްލަ 5 ގަޑިއިރާއި 15 މިނެޓް ބަހުސް ކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 ޑިސެމްބަރު 2013 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

26 ޑިސެމްބަރު 2013